As the day pass by
what the day told me
Sunday, December 23, 2012
ދުވަސް ނުފުރާ އުފަންވި ލޯބި ދަރިފުޅު ރަގަޅުވެގެން ގެއަށް ދިއުން
އެތައް ދުވަހެއްގެ އިންތިޒާރުތަކަކަށްފަހު ލޯބިވާ ދަރިފުޅު ގޮވައިގެން ގެއަށް ދިޔުން އެއީ މައިންބަފައިންނާ ޑޮކްޓަރުންގެވެސް އުންމީދެވެ.
ގެއަށްދާއިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެހީތެރިކަން ބޭނުންވާ ވަގުތެއްގައި އައިޖީއެމްއެޗެގެ ނާސަރީ އަށް ގުޅުއްވާ މައުލޫމާތު ހޯދިދާނެއެވެ. މުސްތަގުބަލުގައި އަޅުގަނޑު ދެކެން ބޭނުމީ މައިންބަފައިންގެ ފަރާތުން އެފެދޭ ޖަމްޢިއްޔާއެއް މިކަމުގައި އެކަކު އަނެކަކަށް އެހީތެރިވެދީ އެޅުމެވެ.
1. ނިންދެވުން
2. ގެއިންބޭރަށް ނެރުން
3. ބުއްދިނުން
4. ވެކްސިން ޖެހުން
5. ކިރުން
ނިކޫ (އެން.އައި.ސީ.ޔޫ) ގައި ދަރިފުޅު އޮތްއިރު މައިގަނޑުގޮތެއްގައި ދަރިފުޅު ބަލަމުންދަނީ ނަރުހުންނާއި ޑޮކްޓަރުންނެވެ. އެއަށްފަހު ވޯޑަށް ބަދަލު ކުރުމަށްފަހު މަންމަޔާ ގިނަކަންތައްތައްހަވާލުވެއެވެ. ހޮސްޕިޓަލުގައި ހޭދަކުރާ މި ދުވަސްކޮޅުތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބުހޯދަން ވަރަށް ފަސޭހައެވެ. ނަމަވެސް ގެއަށް ދިޔުމަށްފަހު ކަމަކާ ގުޅޭގޮތުން ސުވާލެއްކޯއްލާނެ މީހަކު ނުހުރެއެވެ. ގެއަށް ދިޔުމަކީ އުފާވެރި ކަމަކަށް ވާއިރު ބައެއްފަހަރު މިއީ ފިކުރުކުރަންވެސް ޖެހޭ ކަމެއްމެއެވެ. ހޮސްޕިޓަލުން ދޫކޮށްލަނީ މަންމައާއި ބައްޕައަށް ދަރިފުޅު ބެލޭނޭކަން ވަރައް ގައިމު ކޮށްފައެވެ. ދަރިފުޅު ފިނިނުވާނޭހެން ބާއްވާގޮތާ ކިރު ދިނުމާ ނިންދެވުން މިއީ ވަރަށް މުހިއްމު ކަންތައްތަކެކެވެ.
Wednesday, December 19, 2012
ދުވަސް ނުފުރާ އުފަންވާ ކުދިންނާއި ނޭވާލުން
މަންމަގެ ބަނޑުގަ އޮންނައިރު ދަރިފުޅަށް ބޭނުންވާ އޮކްސިޖަން ފޯރުކޮށްދިނުމާއި ދަރިފުޅު އުފައްދާ ކާބަންޑައި އޮކްސައިޑް ބޭރުކޮށްދެނީ ރަހިމްގެ ޒަރީޢާއިން މަންމައެވެ. ދުނިޔެއަށް އުފަންވުމަށްފަހު މި ބުރަ މަސައްކަތް ކުރަންޖެހެނީ ތުއްތު ދަރިފުޅު އަމިއްލައަށެވެ. ދުވަސް ނުފުރާ އުފަންވާ ކުއްޖަކަށް މިއީ ވަރަށް ބުރަ، އުދަނގޫ ކަމެކެވެ. މައިގަނޑު ދެ ސަބަބަކާއި ހުރެއެވެ.
1. ފުއްޕާމޭ ރަނގަޅަށް ނުއުފެދިފައި ހުރުމާއެކު ފުއްޕާމޭގެ މަސައްކަތަށް ބޭނުންވާ މައިގަނޑު އެއް މާއްދާ ކަމުގައިވާ ސަރފެކްޓެންޓް މަދުވުން.
2. އެހެނިހެން ބަލިތަކާއިއެކު ނޭވާލާން އުނދަގޫވުން
ނޭވާލުމަށް އެހީވުމަށް ދެވޭ ފަރުވާ
1. ސަރފެކްޓެންޓް؛ މިއީ ނޭވާލާ ހޮޅިތެރެއިން ލާފައި ފުއްޕާމެއަށް ފޯރުކޮށްދޭ ބޭހެކެވެ. ހަތް ހާސް ރުފިޔާއަށްވުރެ އަގުބޮޑު މި ބޭހުގެ ބޭނުމަކީ ނޭވާލާއިރު ފުއްޕާމޭ ނުފިތި ބެހެއްޓުމާއި ނޭވައި ފަސޭހައިން ލުމަށް އެހީތެރިވުމެވެ.
2. ޕަންޕާއި މެޝިން ބޭނުންކޮށްގެން ނޭވައި ލެއްވުން؛ މިގޮތުން ބޭނުންކުރާ ޢާލާތްތަކުގެތެރޭގައި އެނބޫބޭގް، ނިއޯޕަފް، ވެންޓިލޭޓަރ އަދި ސީ.ޕެޕް ހިމެނެއެވެ. ވެންޓިލޭޓަރަކީ ނޭވާލައްވަން ބޭނުންކުރާ މެޝިނެކެވެ. އަނގަތެރެއިން ލައިފާ މައިނޭވާ ހޮޅިއަށް ލައްވާފައި އިންނަ ހޮޅިއަކުން ފުއްޕާމެއަށް އޮކްސިޖަން މި މެޝިނުން ފޮނުވައިދެއެވެ. ބައެއް ކުދިން ނޭވާލާން ވެންޓިލޭޓަރ ބޭނުން ނުވިއަސް ކޮންމެވެސް ވަރެއްގެ އެހީ ބޭނުންވެއެވެ. މި ކުދިންނަށް ނޭފަތުގެބޭރުން އަޅުވައިފާ ހުންނަ ކުޑަ މާސްކަކުންލައިފާ ސީޕެޕްގެ އެހީދެވެއެވެ.
އަނބުރައި މެޝިނަށްލުން
ބައެއްފަހަރު ވެންޓިލޭޓަރުން ދަރިފުޅު ނެގުމަށްފަހު އަލުން ލާންވެސް ޖެހިދާނެއެވެ. އެއީ ނޭވާލުން މުޅިން ފުރިހަމަ ނުވެގެންނާ ނޫނީ ބަލިވެގެންނެވެ.
ނިއުމޯ ތޮރެކްސް
މިއީ ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައި ފުއްޕާމޭގެ ވަށައިގެން ހުންނަ ފަށަލައިގެ ތެރެއަށް ލީކުވުމެވެ. މީގެ ސަބަބުން ބައެއް ފަހަރު ފުއްޕާމޭ ފިތޭގޮތްވެއެވެ. މި ވައި ނެރުމަށްޓަކައި މިދެންނެވި ފަށަލައިގެ ތެރެއަށް ހޮޅިއެއް ލައްވަންޖެހެއެވެ.
ބައެއް ކުދިން، ދިގު މުއްދަތަކަށް އޮކްސިޖަންއާއި އިތުރު ބޭސްތައް ބޭނުންވެއެވެ. ބައެއްފަހަރު ގެއަށް ދޫކޮށްލަނީވެސް ގޭގައި އޮކްސިޖަން ބޭނުންކުރާ ގޮތަށެވެ.
Friday, July 13, 2012
ޑެންގީހުން ޖެހިއްޖެނަމަ ގޭގައި ހައްދަވާނެގޮތް
1. އަރާމު ކުރައްވާށެވެ،
2. ދިޔާއެއްޗެހި ގިނަގިނައިން ބޭނުންކުރައްވާށެވެ. މީގެތެރޭގައި ޖޫސް، ލޮނުޕެކެޓު ގިރައިގެން، ކިރު އަދި ކުރުނބާފެން ރަނގަޅެވެ. ނަމަވެސް ހުސް ފެން އެހާ ރަނގަޅެއްނޫނެވެ.
3. ގޭގައި ހުން ބައްލަވާށެވެ. 390Cއަށްވުރެ މަތިނަމަ ޕެރަސެޓްމޯލް ދެއްވާށެވެ. ހުމަށް އެހެން ބޭސްތައް ނުދެއްވާށެވެ. ޕެރަސެޓްމޯލްވެސް ވީހާވެސް މަދުން ދެއްވުން ބުއްދިވެރިއެވެ. އާދައިގެ ފެންފޮދެއް ނިއްކުރީގަޔާ ކިހިލިފަތީގައި ހާކާލައްވާށެވެ.
4. ތިރީގައި މިދަންނަވާ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ހޮސްޕިޓަލަކަށް ވަޑައިގަންނަވާށެވެ.
a. ހުން މަޑުވާއިރުވެސް ބަލިހާލަތު ރަގަޅުނުވެ ހުރިވަރައްހުރުން ނޫނީ އިތުރައް ގޯސްވުން
b. ހޮޑު މަތަނުވުން ނޫނީ ދިޔާތަކެތި ނުބޮވުން
c. ބަނޑުގައި ގަދަޔައް ރިއްސުން
d. ވަރުބަލިވުން، "ބުނަން ނޭގޭ ކަހަލަ އުދަނގޫތަކެއް" ވުން، ޢާއްމުކޮށް ދައްކާއުޅޭ ވާހަކަޔާ އުޅޭއުޅުން ތަފާތުވުން
e. އެއްވެސް ތަނަކުން ލޭއައުން، (މީގެތެރޭގައި ސީލާއިރު ކަޅު ކުލަހުރުން)
f. ބޯ އެނބުރުން
g. އަތްފައި ފިނިވެ ހުދުވުން
h. ކުޑަކަމު ނުދާތާ ހަ ގަޑިއިރުވުން
ޑރ. އަހުމަދު ފައިސަލް faixal@hotmail.com މަޢުލޫމާތު: W.H.O
Wednesday, June 6, 2012
ސިކްލްސެލް ބަލި
ސިކްލްއަކީ ދަނޑުވެރިން ވިނަކޮށަން ގެންގުޅޭ މިޔަ ވައްކޮށް އޮންނަ ކަންފައްޗެވެ. ސިކްލްސެލްއެނީމިޔާގައި މައިކްރޮސްކޯޕެއްގެދަށުން މިވައްތަރު ސެލް ފެންނާނީ ކަންފައްޗެއްހެންނެވެ. މިއީ ވާރުތަކުރާ ބައްޔެކެވެ. ގައިންގަޔަށްއަރާ ބައްޔެއްނޫނެވެ. ކެވޭ އެއްޗަކުން، ނޫނީ ބޭހަކުން، އަދި ކިޔެއްތަ ޖަރާސީމަކުން މިބައްޔެއް ނުޖެހޭނެއެވެ. ސިކްލްސެލް ބަލީގެތެރޭގައި ސިކްލްސެލް އެނީމިޔާ، ބީޓާޒީރޯސިކްލް، ބީޓާޕްލަސްސިކްލް އަދި ޑީ ސިކްލްގެއިތުރަށްވެސް އެކިވައްތަރުތައް ހުރެއެވެ. ރާއްޖޭގައި ގިނައީ ބީޓާޕްލަސްސިކްލް އެވެ.
ލެޔަކީ ދިޔާ މާއްދާއެއްތެރޭ ހިމެނޭ ތިންވައްތަރެއްގެ ސެލް ހިމެނޭގޮތަށް ލޭނާރުތެރޭގައި ދައުރުވާ އެއްޗެކެވެ. މި ސެލްތަކުގެތެރޭގައި ހެމަގޮލޮބިން (އެޗް.ބީ) އެކުލެވޭ ރަތްސެލްތަކާއި ދިފާއީ ނިޒާމުގެ ހުދުސެލްތަކާއި، ލޭ ގަނޑުކޮށްދޭ ޕްލެޓެލެޓް ހިމެނެއެވެ. ރަތްސެލްތަކަކީ ފުއްޕާމޭން އޮކްސިޖަން ބަރުކޮށްގެން އެކިއެކި ގުނަވަންތަކަށް އޮކްސިޖަން އުފުލާ އުޅަދެވެ. މި އުޅަދުގައި އޮކްސިޖަން އަޅާފައި ހުންނަނީ އެޗް.ބީ ކިޔާފޮއްޓަކަށެވެ. އެޗް.ބީގައި 4 ފައި ހުރެއެވެ. އެއީ 2 އަލްފާއާއި 2 ބީޓާ ފަޔެވެ. މި ފައިތަކުގެ ޢަދަދާއި އެފައިތައް އުފެދިފައިހުންނަ ބައިތައް ތަފާތުވެއްޖެނަމަ އޮކްސިޖަންއުފުލުމަށް ބުރޫއަރާ ރަތްސެލްތައް އަވަހަށް ހަލާކުވެ ލޭމަދުވެއެވެ.
އެޗް.ބީގެ ފައިތައް އުފެދެނީ ދަރިމައިވާއިރު މަންމައާއި ބައްޕަގެފަރާތުން ވާރުތަވާގޮތަކުންނެވެ. ސިކްލްސެލް ބަލީގައި މައްސަލަހުންނާނީ ބީޓާފައިގައެވެ. އެޗް.ބީގެ ޢާއްމު އުސޫލުކަމުގައިވާ 2 އަލްފާއާއި 2 ބީޓާގެ ހަމަތަކުން ބޭރުވެއްޖެނަމަ ރަތްސެލްތަކުގެތެރޭގައި އެޗް.ބީ ގަނޑުވާގޮތްވެއެވެ. އަދި ރަތްސެލްތައް ހަށިގަނޑުގެ އެތަންމިތާހުންނަ ކުދިކުދި ލޭނާރުތަކުގައި ތާށިވެ ރަތްސެލްތައް ފަޅައިގެންގޮސް ލޭނާރުތައް ބެދެއެވެ. މީގެ ސަބަބުން އެހިސާބަކަށް ލޭދައުރުވުން ބަންދުވެ އެތެރޭގެ ގުނަވަންތައް ހަލާކުވެއެވެ. ރާއްޖެއިން ފެންނަ ސިކްލްސެލް ބަލީގެ ވައްތަރުތަކަށް ތިރީގައި އަލި އަަޅުވާލާނަމެވެ.
1. ސިކްލްސެލް އެނީމިޔާ
ދެ ބީޓާފައިކަށީގައި ސިކުލްބަލި ހުރެއްޖެނަމަ ސިކްލްސެލް އެނީމިޔާއަށްވެދެއެވެ. މިޢީ ސިކްލްގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މި ވައްތަރުގައި ތުއްތުއިރު ލޭ އަޅަންޖެހެއެވެ. ހުންކޮށީގެ މަސައްކަތް ހުއްޓި ދިފާޢީ ނިޒާމު ރޫޅެއެވެ. ބޮލުގަޔާއި ހަށިގަނޑުގެ އެތައްމިތާގައި ރިއްސައެވެ. ވާގިނެތޭގޮތްވެ، ނޭވާ ހާސްވެ ކިޑްނީ ފޭލްވެއެވެ. އާއްމުގޮތެއްގައި މިވައްތަރުގައި މީހާގެ އުމުރަކީ 50 އަހަރެވެ.
2. ސިކްލް ބީޓާޕްލަސް ތެލަސީމިޔާ
މިވައްތަރުގައި ބައެއް އެޗް.ބީ ރަގަޅަށް ހުރެފައި އަނެއްބާގައި ބީޓާ ތެލަސީމިޔާއާއި ސިކްލް ހުރެއެވެ. މިހެންވުމުން ހުންކޮށި ދުޅަވުމާ ދިފާޢީ ނިޡާމު ހަލާކުވަނީ ޢުމުރުން ތަންކޯޅެއް ދުވަސްވުމުންނެވެ.
3. ސިކްލް ބީޓާޒީރޯ ތެލަސީމިޔާ
މި ވައްތަރުގައި ހުރިހައި އެޗް.ބީއެއް ހުންނަނީ އައިބު ކޮންނެވެ.
މި ވައްތަރު ގާތްގަޑަކަށް ސިކްލްސެލް އެނީމިޔާހާ ނުރައްކަލެވެ. ޢަލާމަތްތައްވެސް ހުންނަނީ ދާދި އެއްގޮތަކަށެވެ. ކަށްޓަށާއި ލޮލަށް ދިމާވާ އުދަގޫތައް މިވައްތަރުގައި މާބޮޑެވެ.
ޓެސްޓް ކުރާނީ ކިހިނެއް؟
މިބަލިތަކަށް ޓެސްޓްކުރުމުގެ އެންމެ ޒަމާނީ ވަސީލަތްތައް ސޮސައިޓީ ފޯރ ހެލްތް އެޑިޔުކޭޝަން(ޝީ) އިން ލިބެންހުރެއެވެ. އިތުރު މައުލޫމާތު ޝީއިން ލިބިވަޑައިގަންނަވާނެއްވެ. ޓެސްޓު ކުރުން ރަގަޅީ ލޭއެޅުމުގެ ކުރިންނެވެ. ލޭ އެޅުމަށްފަހު ދެ ތިންމަސް މަޑުކޮށްލުން ބުއްދިވެރިޔެވެ.
ޓެސްޓް ކުރުމަށްފަހު ޑޮކްޓަރަށް ނަތީޖާ ދައްކަންވާނެއެވެ. މި ބަލީގެ ކުއްޖެއްނަމަ ނެޝަނަލް ތެލަސީމިއާ ސެންޓަރުގައި ރަޖިސްޓްރީ ކުރަންވާނެއެވެ.
ބަލީގައި ދިމާވެދާނެ އުދަގޫތަކުން ދުރުވުމަށްޓަކާ ކުރެވިދާނެ ކަންތައްތަކުގެތެރޭގައި ފެން ރަގަޅަށް ބުއިން، މާބޮޑަށް ފިނި ނޫނީ ހޫނު ތަންތަނުން ދުރުވުން، ބަލިވުމުން ނޫނީ ހުން އައުމުން އަވަހަށް ޑޮކްޓަރަށް ދެއްކުން ހިމެނެއެވެ. ރާއްޖޭގައި ޖަހާ ހުރިހައި ވެކްސިނެއް ޖެހުމުގެ އިތުރުން ނިއުމޯކޯކަސްއާއި ހިމޮފލުއަސް އިންފުލުއެންޒާ-ބީ އާއި ފުލޫވެކްސިން ޖެހުމަކީ މުހިންމު ކަމެކެވެ.
Tuesday, November 29, 2011
Thank you to allجزاك الله خير
Alhamdulillah n peace be upon our prophet.
Tnx my lovely wife Nazeeha n handsome kids Ammar n Amr. Tqvm to my parents, one n only sister n bros. Tx to n.mamma n nbappa, n sisters. U have been very patient during the half decade.
Patients and parents, u r the key to my career. People of kelantan are patient people majority of whom wait without complaint till Allah decides for them. Most of them thank us upon discharge. Even parent's of patients who die are thankful. One of my cancer patient sent me a sarong as a remembrance.
They all help me to become a pediatrician.
The people at masjid, al akh katheeb, Saiman, the contractor n Maulana, ur smiles n salam kept my spirit when I come from hospital exhausted n frustrated. Tnx to the guy who help me pulling out the car from drain.
Tnx Maldivian friends, Shauky the tall guy n Ahmadbe the man with history, Bagey who fix the tap, Samee the Thailand Malay Maldivian business man plus others.... Do not give that eye now.
Tnx for early friends, Jalal for showing me surau, Otta for the company, Akil for doodpati,
Jazakallah khairan for every one. What ever it is, it was a part of training.
1. "Main reason why post graduates fail is inability to change from undergraduate to post graduate". Prof Zabidi. He mentioned this first day we had a meeting. Till then I tried to change but it took 3 years to change. In another post I have posted his advice for long case. He is an excellent teacher.
2. "time is limiting factor in postgraduates. We all have families. What u can do is once u have finished work stay 1 hour in library before u go n study. Then u go home, give time to family, read another 1 hour in the night". Thanx for Dr.Noorizan for this advise. It really works.
3. AP Nik is the teacher for short case. His technique works.
4. I wish I can get some more adrenaline from AP Noraida. Hard working n really cares about others. Told me to take things with a pinch of salt. Very true.
5. Thanx Prof. Hans for introducing me into Chochrane review and literature search. Probably this is the major new thing learned in HUSM.
6. Dr Suhaimi AW is easy going personality n if I take one friend from Malaysia he will b the one.he reminds u of the hereafter n help u increase yr iman
7. AP Ariffin is a wonderful person, knowledge, experience, statistics, prepare u right into viva, took me 4yrs to know this.
8. Tq Dr Wan for pushing me in to ECHO, at least now I can see 4chambers.
9. Tx Dr Tamim n Dr Nazlin they r my mentors
10. Tqvm, Dr Iqbal taking covering me during exam. Nice guy to work with
11. SN Ruqaya is talkative nice person just like my mother. Terimakasi banya banya, hope my Malay is correct.
12. tq my thesis supervisors dr Sarwany, coming for my proposal, AP Saeda their corrections.
13. Dr Rizal, tnx for remembering I am foreigner, by the way if I have known the house is so near more urgent ECHOs.
14. Dr Ikram for allowing that dialysis catheterization.
15. should not forget Rudu, he gave the nutrition book.
16. I wish Azman stayed with me. He is the foreigner friendly chap
17. hanafi, as the name says, will company me to masjid
18.tnx Tan, for allowing me to rest 2wks. So nice to do nothing. Oops I need to add u to face book.
19. Tnx Siti, for translating the consent
And thank all who i missed here, u r not the least
20. Mariana for early days
Wednesday, November 23, 2011
thesis - final year peds
Some thing for final year paeds;
Your dissertation is half your job. If u have not started data, u r late,
Write it, just do it, (read below).
U should read CONSORT and other international guidelines also for a manuscript
Meet statistician frequently
Meet senior lecturer who knows what is a thesis before viva
Prof Hans;
Make time, make it. Just do it
Write fir the audience
Write a new thing that is publish
Should make proposal perfect
If any problem, report it
Case report while patient in ward, pictures
Cronyism
Check scope of journal
Impact factor
Try E letter
Case report
Highlight the new thing in title
Editors shoes; Original? Important? Citable? Title abstract?
Active voice, past temse, not first person,
Idea,money,data,analyse n collect,write, if done tht is the author
Discuss the authors from beginning
Write the abstract the last
No figures. No abbreviation, no references
Write it conscise what is done in a nust shell
Introduction; 4 paragraphs; 1 general, specific, objective. Research question, keep focused
Style of wririntg ;
Materials and methods; write so detail if some one else want to do it can do it exactly
Discuss; over interpretation, suggestive, not to prove
References; about 30, but not 100, follow the format
Comprehend, certify, compare, contrast, limitation, conclude
Prof lee; senior editor
Make it easier for editor
Reviwers recommend but editors decide
Submit, recived, assign decision , monthly papers take less time to reply than yearly journals, accept reject or revise, some times after correction editor send it to other reviwers, so may get more correction, editors, handling editor, chief editor,
Manages all submitted manuscripts, make final decision, uphold reputation of journal,
Publication depends on editorial policies, reviwers report, page constraint, journal title,
Editors look for, Scope, timely n current topic, quality of scientifi topic, impact to the field, target readers
Reason for rejection, not original, desgn not good, sample size is not enough, did not investigate enough hypothesis, inconsistant data, not enough control, conflict of interest, clarity, wrong journal, politics
How often u use /read journal, whats the reputation? Subject area, journal information, frequency of publication, age, copy right, impact factor, indexing status, its not always impact factor, specialzed journal may be better
Does the pubmed has that indexed?
Manuscript reviewer;
Expert in the field, must have time, should be objective
Understand peer role
Mentor, supervisor,
Y review? Qualitative review,
Common goals; hight light and try to improve the manuscript
How?
Polite n modest , author is been doing mor ework, so he know better
Constructive
Be specific
Support statement
Report suspected duplicate, plagiarism, softwares r available. Fraud n ethical concers
Confidentiality be proffessional , be timely, recommendations, scientific reviews
How not to review;
Adversarial , sarcastic, attitude of irritation, fault finding, out o get manner, silent but deadly,
Check list
Tuesday, September 13, 2011
Huraa Maldives; Safe Picnics
What ever has happened is ‘taqdeer’ of Allah. It is not for us to say if this happened that could have been done. It is the learning point for the future. To get things done, “Unintentional injuries” is a better term than accidents and it looks can be prevented.
Drowning is common in Maldives though there is no persistent programme from what is been learnt. Surprisingly many do not know how to swim. Unfortunately majority do not like safety measures (who wants a life jacket on Maldivian beach?) and most of children on the beach are unattended by adults. That’s culture. It is difficult to change culture of elder people. Let’s start modifying the attitudes and behaviour of young generation. These change with knowledge and skills. Do we have social psychologists or shall we call India for help?
Mobile phones (now I-PADS) and cigarettes have shown to take the attention away from the children, of course the mobile is required to call in emergency situation.
Study shows if bystanders resuscitate victims before been transported to hospital, majority will survive; majority of bystanders will try to rescue victims in spite of dangerous situation like deep water or waves, how ever many bystanders are reluctant to give mouth to mouth resuscitation for unknown person.
Implementation of a preventable programme is difficult if we try to address it to a complex model. Addressing the secondary prevention of only school children is not enough. How about aftermaths and safety of adults? Drowning of a school children always take attention of government. When my senior in ‘SEC’ drowned the X-president launched “Every child swims” programme. This time is same I guess. Minister reroute the trip and president asked for contact numbers. Funding is a key factor for such programmes. Another way to do this is to do a cross over study for data of drowning victims. Can we shake the coin box with data without going on strikes? How much money can be pumped depends on how much pain it caused to the parliament and president.
Educate the population and school children how to do CPR. To get maximum public this can be done on TV, after a Friday prayer or replace “Muzahara” with such events. May be if “bondi bai” is the offer, people may attend. New dramas on TV can have an episode of drowning and well done CPR.
Subscribe to:
Posts (Atom)