Sunday, December 23, 2012

ދުވަސް ނުފުރާ އުފަންވި ލޯބި ދަރިފުޅު ރަގަޅުވެގެން ގެއަށް ދިއުން

އެތައް ދުވަހެއްގެ އިންތިޒާރުތަކަކަށްފަހު ލޯބިވާ ދަރިފުޅު ގޮވައިގެން ގެއަށް ދިޔުން އެއީ މައިންބަފައިންނާ ޑޮކްޓަރުންގެވެސް އުންމީދެވެ. ގެއަށްދާއިރު ވިސްނަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެހީތެރިކަން ބޭނުންވާ ވަގުތެއްގައި އައިޖީއެމްއެޗެގެ ނާސަރީ އަށް ގުޅުއްވާ މައުލޫމާތު ހޯދިދާނެއެވެ. މުސްތަގުބަލުގައި އަޅުގަނޑު ދެކެން ބޭނުމީ މައިންބަފައިންގެ ފަރާތުން އެފެދޭ ޖަމްޢިއްޔާއެއް މިކަމުގައި އެކަކު އަނެކަކަށް އެހީތެރިވެދީ އެޅުމެވެ. 1. ނިންދެވުން 2. ގެއިންބޭރަށް ނެރުން 3. ބުއްދިނުން 4. ވެކްސިން ޖެހުން 5. ކިރުން ނިކޫ (އެން.އައި.ސީ.ޔޫ) ގައި ދަރިފުޅު އޮތްއިރު މައިގަނޑުގޮތެއްގައި ދަރިފުޅު ބަލަމުންދަނީ ނަރުހުންނާއި ޑޮކްޓަރުންނެވެ. އެއަށްފަހު ވޯޑަށް ބަދަލު ކުރުމަށްފަހު މަންމަޔާ ގިނަކަންތައްތައްހަވާލުވެއެވެ. ހޮސްޕިޓަލުގައި ހޭދަކުރާ މި ދުވަސްކޮޅުތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބުހޯދަން ވަރަށް ފަސޭހައެވެ. ނަމަވެސް ގެއަށް ދިޔުމަށްފަހު ކަމަކާ ގުޅޭގޮތުން ސުވާލެއްކޯއްލާނެ މީހަކު ނުހުރެއެވެ. ގެއަށް ދިޔުމަކީ އުފާވެރި ކަމަކަށް ވާއިރު ބައެއްފަހަރު މިއީ ފިކުރުކުރަންވެސް ޖެހޭ ކަމެއްމެއެވެ. ހޮސްޕިޓަލުން ދޫކޮށްލަނީ މަންމައާއި ބައްޕައަށް ދަރިފުޅު ބެލޭނޭކަން ވަރައް ގައިމު ކޮށްފައެވެ. ދަރިފުޅު ފިނިނުވާނޭހެން ބާއްވާގޮތާ ކިރު ދިނުމާ ނިންދެވުން މިއީ ވަރަށް މުހިއްމު ކަންތައްތަކެކެވެ.

No comments:

Post a Comment