Friday, July 13, 2012

ޑެންގީހުން ޖެހިއްޖެނަމަ ގޭގައި ހައްދަވާނެގޮތް

1. އަރާމު ކުރައްވާށެވެ، 2. ދިޔާއެއްޗެހި ގިނަގިނައިން ބޭނުންކުރައްވާށެވެ. މީގެތެރޭގައި ޖޫސް، ލޮނުޕެކެޓު ގިރައިގެން، ކިރު އަދި ކުރުނބާފެން ރަނގަޅެވެ. ނަމަވެސް ހުސް ފެން އެހާ ރަނގަޅެއްނޫނެވެ. 3. ގޭގައި ހުން ބައްލަވާށެވެ. 390Cއަށްވުރެ މަތިނަމަ ޕެރަސެޓްމޯލް ދެއްވާށެވެ. ހުމަށް އެހެން ބޭސްތައް ނުދެއްވާށެވެ. ޕެރަސެޓްމޯލްވެސް ވީހާވެސް މަދުން ދެއްވުން ބުއްދިވެރިއެވެ. އާދައިގެ ފެންފޮދެއް ނިއްކުރީގަޔާ ކިހިލިފަތީގައި ހާކާލައްވާށެވެ. 4. ތިރީގައި މިދަންނަވާ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ހޮސްޕިޓަލަކަށް ވަޑައިގަންނަވާށެވެ. a. ހުން މަޑުވާއިރުވެސް ބަލިހާލަތު ރަގަޅުނުވެ ހުރިވަރައްހުރުން ނޫނީ އިތުރައް ގޯސްވުން b. ހޮޑު މަތަނުވުން ނޫނީ ދިޔާތަކެތި ނުބޮވުން c. ބަނޑުގައި ގަދަޔައް ރިއްސުން d. ވަރުބަލިވުން، "ބުނަން ނޭގޭ ކަހަލަ އުދަނގޫތަކެއް" ވުން، ޢާއްމުކޮށް ދައްކާއުޅޭ ވާހަކަޔާ އުޅޭއުޅުން ތަފާތުވުން e. އެއްވެސް ތަނަކުން ލޭއައުން، (މީގެތެރޭގައި ސީލާއިރު ކަޅު ކުލަހުރުން) f. ބޯ އެނބުރުން g. އަތްފައި ފިނިވެ ހުދުވުން h. ކުޑަކަމު ނުދާތާ ހަ ގަޑިއިރުވުން ޑރ. އަހުމަދު ފައިސަލް faixal@hotmail.com މަޢުލޫމާތު: W.H.O

No comments:

Post a Comment